ޚަބަރު މަގު މަރާމާތުކުރުމަށް އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލް ސަރަޙައްދު ބަންދުކުރަނީ

މަގު މަރާމާތުކުރުމަށް އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލް ސަރަޙައްދު ބަންދުކުރަނީ

މަގު މަރާމާތުކުރުމަށް އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލް ސަރަޙައްދު ބަންދުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، މާލޭ އުތުރު ފަރާތު ބަނދަރުގެ ބޮޑު ސަރަޙައްދެއް ބަންދުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށެވެ. މި މަސައްކަތުގެ ސަބަބުން އެ ސަރަޙައްދުގެ އެއްގަމުތޮއްޓާއި ހުރަސްތޮށީގައި އުޅަނދުފަހަރު އެޅުމާއި މަޑުކޮށްގެން ތިބުން ވަނީ މަނާކޮށްފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަސްވެރިންގެ ޕާކުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް ބަންދުކުރާއިރު، އޭޕްރީލް 17 އިން ފެށިގެން 5 ނަންބަރު ފާލަމުން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަޙައްދު ބަންދުވާނެއެވެ. ކޮންމެ ސަރަޙައްދެއްވެސް އަލުން ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެ ތަނެއްގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ.

ސިޓީ ކައުންސިލުން އިލްތިމާސްކުރައްވާފައިވަނީ، މަގު ފުޅާކުރުމުގެ މަސައްކަތް ނިމި އާންމުކޮށް ހުޅުވާލަންދެން އެއްވެސް އުޅަނދެއް އެ ސަރަޙައްދުގައި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށެވެ. މި މަސައްކަތަކީ މާލޭގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ދަތުރުފަތުރަށް ފަސޭހަ މަގުތަކަކަށް ހެދުމަށް ސަރުކާރާއި ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ޓެގް

އެމްޓީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.