ޚަބަރު

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ސީ.އެޗް.އެސް.އީ ގައި ފަށައިފި

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ގައި މިއަދު ފަށައިފިއެވެ. މިއީ މޯލްޑިވްސް ޒަކާތު ހައުސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ގޮވާމުން ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މިއަދުގެ އިތުރުން މި މަހުގެ 15، 16 އަދި 18 ވަނަ ދުވަހުއެވެ. މިކަމަށްޓަކައި ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއް ވެސް އެ އިދާރާއިން ވަނީ އާންމުކޮށްފައެވެ.

އެގޮތުން މިއަދާއި މާދަމާ (15 އޭޕްރިލް) ގައި ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އަދި މި މަހުގެ 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބަލައިގަތުމުގެ މަސައްކަތް ސީ.އެޗް.އެސް.އީ ގައި ކުރިއަށްދާނެއެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

އާދައިގެ ހަނޑޫ

ތައިލެންޑް ހަނޑޫ

ބާސްމަތީ ހަނޑޫ

ރަތް ހަނޑޫ

ގޮދަން ފުށް

އާޓާ ފުށް

ޒަކާތު ހައުސްއިން ވަނީ ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިތަކަށް ސަމާލުކަންދީ، އެ ވަގުތުތަކުގައި ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close