އީރާނުގެ އިސްވެރިންގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅައިފި

އީރާނުގެ އާ ރޫޙާނީ އިސްލީޑަރު މުޖްތަބާ ޚާމަނާއީ އާއި އެ ގައުމުގެ އިސް ބައެއް ވެރިންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް ދޭނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ “ރިވޯޑްސް ފޯ ޖަސްޓިސް” ޕްރޮގްރާމުން އާންމުކުރި މި ލިސްޓުގައި އީރާނުގެ ދާޚިލީ ވަޒީރާއި، އިންޓެލިޖެންސް އަދި ސެކިއުރިޓީ ވަޒީރު ވެސް ހިމެނެއެވެ. މި ޕްރޮގްރާމަކީ އެމެރިކާއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމަށް ނުވަތަ އެފަދަ ފަރާތްތަކަށް ދައުވާކުރުމަށް އެހީތެރިވެދޭނެ މުހިންމު ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހިންގާ ހާއްސަ ހަރަކާތެކެވެ.
އެމެރިކާ އާއި އިސްރާއީލު އެކުވެގެން އީރާނަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން، އީރާނުންވެސް ދަނީ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލާއި، މެދުއިރުމަތީގައި ހުންނަ އެެމެރިކާގެ އަަސްކަރީ ތަންތަނަށް ހަމަަލާތައް ދެމުންނެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި 1،444 މީހުން މަރުވެ 18،551 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށި ފަހުން، އީރާނުން ދަނީ ބަދަލު ހިފުމުގެ ގޮތުން މި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ ތަންތަނަށް ހަަމަލާތައް އަމާޒު ކުރަމުންނެވެ.


