ބޭރުދުނިޔެ ރެކޯޑު އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ލަންކާއިން މަސްބޯޓެއް އަތުލައިގެންފި

ރެކޯޑު އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ލަންކާއިން މަސްބޯޓެއް އަތުލައިގެންފި

ރެކޯޑު އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ލަންކާއިން މަސްބޯޓެއް އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލަންކާގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މަސްބޯޓަކުން، ރެކޯޑު އަދަދަކަށް މަސްތުވާތަކެއްޗާއި ނުރައްކާތެރި ހަތިޔާރު ފެނިފައިވާކަން އެގައުމުގެ ފުލުހުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނާ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ކަނޑުމަތިން އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ހަތިޔާރާއި މަސްތުވާތަކެތި ލަންކާ ސިފައިންނަށް އަތުލައިގަނެވުނު ފުރަތަމަ ފަހަރެވެ.

ސްރީލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުން އެގައުމުގެ ކަނޑުގެ ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހުއްޓުވައި ފާސްކުރި މި ބޯޓުން ޖުމްލަ 654 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 478 ކިލޯގެ އައިސް (ކްރިސްޓަލް މެތަމްފެޓަމައިން) އާއި 176 ކިލޯގެ ހެރޮއިންނެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ ގާތްގަނޑަކަށް 10 ބިލިއަން ސްރީލަންކަން ރުޕީސްގެ އަގުހުރި ތަކެއްޗެވެ.

މަސްތުވާތަކެތީގެ އިތުރުން، މި ބޯޓުން ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވުމަކީ ސަލާމަތީ ބާރުތަކުން އެންމެ ބޮޑަށް ކަންބޮޑުވި އެއް ސަބަބެވެ. އެގޮތުން ބޯޓު ފާސްކުރިއިރު އަށް ފިސްތޯލައާއި އޭގެ ދެ މެގަޒިންގެ އިތުރުން، ޓީ56 މަރުކާގެ ދެ އެސޯލްޓް ރައިފަލް އަދި އެމް16 މަރުކާގެ ބަޑިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނިގޮތުގައި، ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން މި ހަފްތާގެ ކުރީކޮޅުން ފެށިގެން ސިފައިން ދިޔައީ މި ބޯޓަށް ފާރަލަމުންނެވެ. އަދި ކަނޑުމަތިން ބޯޓު އަތުލައިގަތުމަށްފަހު، އިއްޔެގެ ވަގުތެއްގައި ވަނީ ލަންކާގެ ބަނދަރަކަށް ބޯޓު ވައްދައި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

ޓެގް

130ކިލޯގެޑްރަގްސް ސްރީލަންކާ ލަންކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.