ޚަބަރު ސަން ޝިޔާމުގެ އެމްޑީއޭ ވެސް ސަރުކާރަށް ތާއީދުކޮށް ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދުކޮށްފި

ސަން ޝިޔާމުގެ އެމްޑީއޭ ވެސް ސަރުކާރަށް ތާއީދުކޮށް ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދުކޮށްފި

ސަން ޝިޔާމުގެ އެމްޑީއޭ ވެސް ސަރުކާރަށް ތާއީދުކޮށް ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް، ރާއްޖޭގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ރަސްމީކޮށް ތާއީދުކޮށްފިއެވެ.

 އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ގައުމުގެ އިގުތިސާދީ ހާލަތާއި ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ އަބަދުވެސް އިގުތިސާދީ ހަމަޖެހުމަށާއި ޒިންމާދާރު ސިޔާސަތުތަކަށް ވަކާލާތުކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އެ ޕާޓީން ބުނީ އިންތިޚާބުތައް އެއްކޮށްލުމަކީ ދަރަނި މެނޭޖްކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. މި ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުން މިހާރު ފާސްކޮށްފައިވާއިރު، އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކުގައެވެ.

އެމްޑީއޭއިން ވަނީ ގައުމުގެ ކުރިއެރުމަށާއި އިގުތިސާދީ ހަމަޖެހުމަށް ސަރުކާރުން ކުރާ މިފަދަ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ. އަދި ޚަރަދު ކުޑަކޮށް އިގުތިސާދު ވަރުގަދަކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައި، އެ ޕާޓީން އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓެގް

އެމްޑީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.