ޚަބަރު ޢީދަށް ހަނދުބެލުން މި މަހުގެ 18 ވާ ބުދަ ދުވަހު

ޢީދަށް ހަނދުބެލުން މި މަހުގެ 18 ވާ ބުދަ ދުވަހު

ޢީދަށް ހަނދުބެލުން މި މަހުގެ 18 ވާ ބުދަ ދުވަހު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ފިތުރު ޢީދަށް ހަނދު ސާބިތުކުރުން މި ހިނގާ މާޗް މަހުގެ 18 ވާ ބުދަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއުލާނުކޮށްފިއެވެ.

އެ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ޑީޖޭއޭގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. ހަނދު ފެނިގެން މައުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު ތަފްސީލުތައް ހިއްސާކުރަން ޖެހޭނެ ކަމަށާއި، މިގޮތަށް ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑީޖޭއޭ އިން ބުނެއެވެ.

މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާއަކަށް ހާޒިރުވެ އެ މައުލޫމާތު ހިއްސާކުރުމަށް ޑީޖޭއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ޑިޕާޓްމަންޓުގެ ނަންބަރު 3340828 އަށް ގުޅޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ޓެގް

ހަނދުސާބިތުކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.