ޚަބަރު ސަމާލުވޭ! ބަލިމީހުންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވާން ފަށައިފި: ފުލުހުން

ސަމާލުވޭ! ބަލިމީހުންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވާން ފަށައިފި: ފުލުހުން

ސަމާލުވޭ! ބަލިމީހުންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވާން ފަށައިފި: ފުލުހުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަލި މީހުންނާއި ކުޑަކުދިންގެ ފޮޓޯ ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މެޑިކަލް ސްކޭމްތަކެއް ހިންގަމުންދާތީ، އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފޭސްބުކް ފަދަ މަންސަތަކުގައި އެކި ވެބްސައިޓުތަކުން ނަގާފައިވާ ފޮޓޯތައް ބޭނުންކޮށްގެން، މީހުންގެ ހަމްދަރުދީ ހޯދައިގެން ފައިސާ ހޯދުމުގެ އަމަލުތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުން ބުނި ގޮތުގައި މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން އާންމުކޮށް ފޯނު ކޯލްތަކަށް ޖަވާބު ނުދީ ބްލޮކް ކުރި ނަމަވެސް، މެސެޖު ކުރުމުން ޖަވާބުދެއެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން އެއީ ސައްހަ މައުލޫމާތެއްކަން ކަށަވަރު ކުރުމަށްޓަކައި، ގުޅައިގެން ވާހަކަދެއްކުމަށާއި ގޫގުލް ރިވާސް އިމޭޖް ސާޗް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފޮޓޯގެ ސައްހަކަން ބެލުމަށް ފުލުހުން އިރުޝާދު ދެއެވެ.

މީގެ އިތުރުން، ސައްހަކަން ޔަގީންނުވާ މިފަދަ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެފަދަ ޕޯސްޓުތައް ޝެއާ ކުރުމަކީ އޮޅުވާލައިގެން ފައިސާ ހޯދާ މީހުންގެ މަޅީގައި އިތުރު ބަޔަކު ޖެހުމަށް ދެވޭ ދައުވަތެއް ކަމަށާއި، އެކަމުގެ ސަބަބުން ކުށްވެރިންނަށް ފައިސާ ލިބުމަށް މަގުފަހިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރެއެވެ. މިފަދަ ސްކޭމްތައް ހިންގުމުގައި ދީނީ ވާހަކަތަކާއި އަމިއްލަ ދިރިއުޅުމުގެ ނިކަމެތި ހާލަތްތައް ސިފަކޮށްދޭ ލިޔުންތައް ބޭނުންކުރާކަން ފުލުހުން ފާހަގަކުރެއެވެ.

ޓެގް

ފުލުސް އޮފިސް ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.