ޚަބަރު ގާސިމް ނެންގެވީ ސަރުކާރު ފަޅި، ވިދާޅުވީ “ފެނޭ” ކަމަށް

ގާސިމް ނެންގެވީ ސަރުކާރު ފަޅި، ވިދާޅުވީ “ފެނޭ” ކަމަށް

ގާސިމް ނެންގެވީ ސަރުކާރު ފަޅި، ވިދާޅުވީ “ފެނޭ” ކަމަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ތާއީދުކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސަރުކާރުގެ ފަޅި ނަންގަވައިފިއެވެ.

ގާސިމް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ބަޖެޓުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވި، ސިޔާސީ ނިޒާމުގައި އުފެދޭ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.

މިހާރު އޮތް ނިޒާމުގެ ސަބަބުން އިންތިޚާބުވާ ރައީސަކަށް ފުރަތަމަ ހަ މަސްދުވަހު މަޖިލިސް މެޖޯރިޓީ ހޯދުމުގެ މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގަންނަވާކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި މަޖިލިސްތަކުގައި އިދިކޮޅު ފަރާތްތަކުން މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުގެ ބަޖެޓަށް ހުރަސްއެޅުމާއި، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތްކޮށްފައިވާތީ، މި ބަދަލަކީ ގައުމުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި މި އިސްލާހަށް “އާއެކޭ” ބުނެ، “ފެންނަ” ކަމަށް ވޯޓު ދިނުމަށް ގާސިމް ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. ސަރުކާރު ހިންގާ ޕީއެންސީން މި އިސްލާހަށް ތާއީދުކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީން ދަނީ މިކަމާ ދެކޮޅަށް ކެމްޕޭން ކުރަމުންނެވެ.

ޓެގް

ޤާސިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.