ޚަބަރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދިވެއްސަކާއި ދެ ބިދޭސީން ހައްޔަރުކޮށްފި

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދިވެއްސަކާއި ދެ ބިދޭސީން ހައްޔަރުކޮށްފި

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދިވެއްސަކާއި ދެ ބިދޭސީން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ހިތިލާގެ، ޢަލީ ޢިރުފާނު (28އ) އާއި، އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ ދަނޫޝްކާނދަން ގޯޕާލް (19އ) އަދި ކަތިރިވިލް މަނިމަރަން (21އ) އެވެ.

މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި މަހުގެ 3 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ބައެކެވެ. މީގެ ތެރެއިން ދިވެހި މީހާ ކަމަށްވާ ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ އިންޑިއާގެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން މިހާރު ގެންދަނީ މި ބޮޑު މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގް

މަސްތުވާތަކެތި ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.