ނިއުކާސަލް ބަލިކޮށް މެންޗެސްޓަރ ސިޓީ އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް، މެންޗެސްޓަރ ސިޓީން މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި ހާވޭ ބާރންސް ޖެހި ލަނޑުން ނިއުކާސަލް ކުރި ހޯދާފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެވީނިއޯ ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އުމަރު މަރުމޫޝް ކާމިޔާބުކުރި ލަނޑާއެކު ސިޓީން ފުރަތަމަ ފަހަރަށް މެޗުގެ ކުރި ހޯދިއެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި މަރުމޫޝް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ނަތީޖާ 3-1 އަށް ބަދަލުކޮށް ސިޓީގެ މޮޅު ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު ކަރަބާއޯ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ވަނީ އެފްއޭ ކަޕުން ކަޓާފައެވެ. ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ މުހިންމު މެޗަށް ތައްޔާރުވުމުގެ ގޮތުން ނިއުކާސަލްގެ ކޯޗު އެޑީ ހޯވޭ ވަނީ މި މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްފައެވެ.



