ޚަބަރު މާލޭގެ ހަތަރުތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް.

މާލޭގެ ހަތަރުތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް.

މާލޭގެ ހަތަރުތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދިޔަ ހަތަރު ތަނެއް ބަލައި ފާސްކޮށް، ދެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކްފޯސްއިން ހިންގަމުންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ މާލޭގައި ބިދޭސީން ހަރަކާތްތެރިވާ ހަތަރު ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި ފާސްކުރުންތަކުގެ ތެރެއިން، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެވިފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރެވޭ ފަރާތްތައް ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތް ގޮތުގައި ދަނީ ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދެއްވާފައެވެ. މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އޮޕަރޭޝަންތައް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާއިރު، މާލޭގެ އާންމު ތަންތަނުގައި ބިދޭސީން އުޅޭނޫޅޭ ގޮތް ބެލުމަށް އިމިގްރޭޝަންގެ އޮފިސަރުން މިހާރު ދަނީ ހާއްސަ އޮބްޒާވޭޝަން މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މޮނިޓަރުކޮށް، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް އެ ފަރާތްތައް އަހުލުވެރިކުރުވުމާއި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކަށް ފިޔަވަޅު އެޅުމެވެ.

ޓެގް

އިމިގްރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.