ޚަބަރު ބޭރުގައި ކިޔަވާ ދަރިވަރުންގެ 75 އިންސައްތައަށް ގަވާއިދުން ފައިސާ ދޫކުރަން: މިނިސްޓަރު ހައިދަރު

ބޭރުގައި ކިޔަވާ ދަރިވަރުންގެ 75 އިންސައްތައަށް ގަވާއިދުން ފައިސާ ދޫކުރަން: މިނިސްޓަރު ހައިދަރު

ބޭރުގައި ކިޔަވާ ދަރިވަރުންގެ 75 އިންސައްތައަށް ގަވާއިދުން ފައިސާ ދޫކުރަން: މިނިސްޓަރު ހައިދަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން 75 އިންސައްތަ ކުދިންނަށް ގަވާއިދުން ފައިސާ ދޫކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ބައެއް ދަރިވަރުންނަށް ފައިސާ ލިބުން ލަސްވަނީ ޔުނިވާސިޓީތަކުން އިންވޮއިސް ފޮނުވާއިރު ސުންގަޑިއަށް ކުޑަދުވަސްކޮޅަކަށް ވެފައި އޮތުމުގެ ސަބަބުން، އިދާރީ މަރުހަލާތައް ފުރިހަމަކުރުމުގައި ދިމާވާ ދަތިތަކާ ހުރެ ކަމަށެވެ.

ދަރިވަރުންނަށް ފައިސާ ނުލިބިގެން ކޯސް ދޫކޮށްލަން ޖެހޭ ކަމަށް ބުނެ ފެންމަތިވި މައްސަލަތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ފައިސާ ދޫކުރުމުގެ ކަންކަން ތިން އިދާރާއަކުން ބަލަންޖެހޭތީ ބައެއް ޕޭމަންޓުތައް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް، މިހާރު ފައިސާ ދޫކުރުމުގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާކޮށްފައިވާ ކަމަށާއި، ބައެއް ދަރިވަރުންނަށް މުއްދަތު ހަމަވުމުގެ ކުރިންވެސް މިހާރު ފައިސާ ޖަމާކޮށްދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިފަދަ ޝަކުވާތައް ލިބެމުންދިޔަ ނަމަވެސް، މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ދިމާވާ މައްސަލަތައް މަދުކޮށް ހުރިހާ ދަރިވަރުންނަށްވެސް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ހައިދަރު ވިދާޅުވިއެވެ. މިހާރު ގިނަ ދަރިވަރުންނަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ލިބެމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ޓެގް

މަތީތާއުލީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.