ޕޭޕަލްގެ ޚިދުމަތް ދާދި އަވަހަށް ރާއްޖެއަށް ލިބޭނެ، މިހާރުއޮތީ ޓެސްޓިން މަރުހަލާގައި: ސައީދު

ޕޭޕަލްގެ ޚިދުމަތް ދާދި އަވަހަށް ރާއްޖެއަށް، ލިބިދާނެކަމަށާއި، މިހާރުއޮތީ ޓެސްޓިން މަރުހަލާގައިކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވީ، ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ ޕޭޕަލްގެ ޚިދުމަތް ދާދި އަވަހަށް ރާއްޖެއަށް ލިބޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ތައާރަފުކުރުމަށްޓަކައި މިވަގުތު ޓެސްޓިން މަރުހަލާތަކެއް ކުރިއަށްދާތީ ކަމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ކުރިއަށްދާ ކަމެކެވެ. އަދި މި ކަމަށްޓަކައި އުރީދޫއާއެކު ޕާޓްނާޝިޕެއް ހަދާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ލިބުމުން އޮންލައިން ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޕޭޕަލް ތައާރަފު ކުރުމުގެ މަސައްކަތް މިވަގުތު ވަރަށް ބާރަަށް ކުރިއަށްދާކަމަށާއި ދާދި އަވަހަށް ޚިދުމަތް ދެވޭނެ ކަމަށެވެ. ނަމަވެސް އެކަމަށް ވަކި ތާރީޚުތަކެއް ދިނުމަށް ދަތިވަނީ ޕޭޕަލްގެ ޚިދުމަތް ދިނުމުގައި ޓެސްޓިން މަރުހަލާތަކެއް ކުރިއަށްދާތީ ކަމަށް އޭނާ ހާމަކުރެއްވިއެވެ. މި މަރުހަލާތަކަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޕޭމެންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފައިސާގެ މުއާމަލާތުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، “މީގައި އެބަހުރޭ ރެގިއުލޭޓަރީ ބައެއް ކަހަލަ [ކަންކަން]، ޕޭޕަލްއަކީ ދުނިޔޭގެ ވަރަށް ޕްރެސްޓީޖަސް ޕޭމެންޓް ގޭޓްވޭއެއް، ޕޭމެންޓް ސިސްޓަމެއް. އެހެންވީމަ ރާއްޖޭގެ ޕޭމެންޓުގެ ނިޒާމު ޕޭޕަލް ބޭނުންވާ ވަރަށް ޑިވެލޮޕްވާންޖެހޭ. ނުވަތަ އެ މީހުންގެ އޮޑިޓްގެ ތެރޭގައި ބަލައިގަންނަ ފެންވަރަށް ރާއްޖޭގެ ނިޒާމު ޔަގީންކުރަން އެ މީހުންވެސް ބޭނުންވާނެ،” އެވެ. މި ވާހަކަފުޅުން ހާމަވަނީ، ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ހަރުދަނާ ގަވާއިދުތަކާއި އިންތިޒާމުތަކެއް ފުރިހަމަ ކުރަންޖެހޭ ކަމެވެ. ރާއްޖޭގެ ފައިސާގެ ނިޒާމު ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެއްގޮތްވުމަކީ މި ކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕޭޕަލް ފަދަ ޒަމާނީ ޕޭމެންޓް ޚިދުމަތްތައް ރާއްޖެއަށް ތައާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އެފަދަ ޚިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގިނަ ކަމަށާއި، ފަންނީ އަދި މާލީ އެފަދަ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ގައުމުތަކަށް ޒަމާނުއްސުރެ ދަތިތައް އޮތް ކަމަށް ވެސް މިނިސްޓްރީން އޭރު ބުނެފައިވެއެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އުރީދޫއާއެކު ހަދާ ޕާޓްނާޝިޕެއްގެ ދަށުންނެވެ. މިދިޔަ އަހަރު އުރީދޫން ވަނީ، މި އަހަރު ތެރޭ ޕޭޕަލްގެ ޚިދުމަތް ތައާރަފު ކުރެވޭނެ ކަމަށް އާންމުންނަށް މައުލޫމާތު ދީފައެވެ. މި ޕާޓްނާޝިޕަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ޚާއްސަކޮށް އޮންލައިން ވިޔަފާރިތަކަށާއި، ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރާ ފަރާތްތަކަށް މިކަމުގެ ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ޕޭޕަލްގެ ސަބަބުން އޮންލައިން ވިޔަފާރިތަކަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އެ ޚިދުމަތް ތައާރަފު ކުރުމުން، އެންމެ ކުރިއަރައިފައިވާ ގައުމުތަކުގައި ވެސް ޕޭޕަލް ބޭނުންކުރާ އުސޫލުން ރާއްޖޭގައި ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދަތިތަކުން އަރައިގަނެ، ބައިނަލްއަގުވާމީ ޚިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީ، އެތަކެއް ގޮންޖެހުންތަކަކުން އަރައިގެންފައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.


