ޚަބަރު ޤާސިމް އިބްރާހީމުގެ މާމިނގިލީގައި 800 މީހުންގެ ޖާގައިގެ އާ މިސްކިތެއް ހުޅުވައިފި

ޤާސިމް އިބްރާހީމުގެ މާމިނގިލީގައި 800 މީހުންގެ ޖާގައިގެ އާ މިސްކިތެއް ހުޅުވައިފި

ޤާސިމް އިބްރާހީމުގެ މާމިނގިލީގައި 800 މީހުންގެ ޖާގައިގެ އާ މިސްކިތެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިޔަފާރިވެރިޔާ އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، އެމަނިކުފާނުގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރެއްވި “މަސްޖިދު އިބްރާހިމް” މިއަދު އދ. މާމިނގިލީގައި ހުޅުވައިފިއެވެ.

މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ޤާސިމް އިބްރާހީމެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ވަޒީރު ޑރ. ޝަހީމެވެ.

މި މިސްކިތަކީ އެއްފަހަރާ 800 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮތް، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އޭސީ ކުރި މިސްކިތެކެވެ. މިއީ މާމިނގިލީގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މި އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 15 މިސްކިތެއް މިހާތަނަށް ވަނީ ހުޅުވާފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި ބިނާކުރި މިސްކިތްތަކާއި އަމިއްލަ ފަރާތްތަކުގެ އެހީގައި ބިނާކުރި މިސްކިތްތައް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ ޤާސިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.