ޚަބަރު ހެންވޭރު ހުޅަނގުގެ ގޭބިސީތަކަށް ރައީސް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވައިފި

ހެންވޭރު ހުޅަނގުގެ ގޭބިސީތަކަށް ރައީސް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވައިފި

ހެންވޭރު ހުޅަނގުގެ ގޭބިސީތަކަށް ރައީސް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ކުރިއަށްގެންދާ ‘ދޮރުން ދޮރަށް’ ހަރަކާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މާލޭގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޭބިސީތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މިއީ މި ހަރަކާތުގެ ތެރެއިން އެމަނިކުފާނު މާލޭގެ ގޭގެއަށް ވަޑައިގެންނެވި ތިންވަނަ ދުވަހެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި، ޕީއެންސީގެ އިސްވެރިންގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރައީސް މުއިއްޒު ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް އޮޅުންފިލުއްވާފައެވެ. ޚާއްސަކޮށް ދިރިއުޅުމުގެ ޚަރަދުތަކާއި ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައްޔިތުން ފާހަގަކުރި ކަންކަން އަޑުއައްސަވައި، އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެކުރިން ރައީސް ވަނީ މާފަންނު ހުޅަނގު އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޭބިސީތަކަށް ވެސް ޒިޔާރަތްކުރައްވާފައެވެ.

ޓެގް

ކައުންސިލް އިންތިޚާބު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.