ރޯދަމަހާ ދިމާކޮށް ސައުދީ އަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް 15 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީއެވެ.
މިއަދު ހަދިޔާކުރި ކަދުރުގެ އިތުރުން، ރައްޔިތުންނަށް ބެހުމަށް ސައުދީން ފޮނުވާ 50 ޓަނުގެ ކަދުރު ޝިޕްމަންޓް މިހާރު އޮތީ ރާއްޖެއަށް އައުމުގެ މަގުމަތީގައެވެ. މިއީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ވަމުންދާ އެހީތެރިކަމުގެ ބައެކެވެ.
ކަދުރު ހަދިޔާކުރުމުގެ އިތުރުން، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ފަރާތްޕުޅުން ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ޕްރޮގްރާމްވެސް މިހާރު ވަނީ ފަށާފައެވެ. މިދިޔަ އަހަރުވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 60 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...