ޚަބަރު ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ: ފުލުހުން

ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ: ފުލުހުން

ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ: ފުލުހުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު އެކަނިވެސް މިފަދަ އަމުރުތަކާ ހިލާފުވެގެން 99 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 38 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ އަނިޔާ ލިބޭ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކޯޓުން ނެރޭ އަމުރެކެވެ. ފުލުހުން ބުނި ގޮތުގައި މި އަމުރާ ހިލާފުވުމަކީ ޖިނާއީ ކުށެއް ކަމަށާއި، މިހާތަނަށް މިފަދަ 24 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.

ފުލުހުން ވަނީ ކޯޓުތަކުން ނެރޭ މިފަދަ އަމުރުތަކަށް ފުރިހަމައަށް ބޯލެނބުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، އަނިޔާ ލިބޭ ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފައެވެ.

ޓެގް

ފުލުސް އޮފިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.