ދީން ރޯދައަށްހުރެ ވުޟޫކުރާއިރު ނޭފަތަށް ފެންލުމުގައި ކަރުން އެތެރެއަށް ފެން ހިނގައްޖެނަމަ ރޯދަގެއްލޭނެތަ؟

ރޯދައަށްހުރެ ވުޟޫކުރާއިރު ނޭފަތަށް ފެންލުމުގައި ކަރުން އެތެރެއަށް ފެން ހިނގައްޖެނަމަ ރޯދަގެއްލޭނެތަ؟

ރޯދައަށްހުރެ ވުޟޫކުރާއިރު ނޭފަތަށް ފެންލުމުގައި ކަރުން އެތެރެއަށް ފެން ހިނގައްޖެނަމަ ރޯދަގެއްލޭނެތަ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

الحمد لله والصلاة والسلام على رسول الله، وبعد:

ފުރަތަމައީ:

ރޯދަވެރިޔާ ވުޟޫކުރާއިރު ނޭފަތަށް ފެންލުމުގައި އިތުރަށް ފުންކޮށް ފެން ފޮނުވުން (المبالغة) ކުރުން ވަނީ ނަހީކުރައްވާފައެވެ. އެއީ ނަބިއްޔާ صلى الله عليه وسلم، لقيط بن صبرة رضي الله عنه އަށް ކުރެއްވި މި އިރުޝާދުގެ ސަބަބުންނެވެ. “ކަލޭގެފާނު ފުރިހަމައަށް ވުޟޫ ކުރައްވާށެވެ. އަދި އަތާއި ފައިގެ އިނގިލިތަކުގެ ދޭތެރެ ރަނގަޅަށް ފެން ފޯރުވައި ޚިލާލު ކުރައްވާށެވެ. އަދި ނޭފަތަށް ފެންލާއިރު، ރޯދައަށް ހުންނަ ހާލަތުގައި މެނުވީ، އިތުރަށް ފުންކޮށް (ނޭފަތުގެ އެތެރެއަށް) ފެން ފޮނުވާށެވެ.” (މި ޙަދީޘް ރިވާކުރެއްވީ އަބޫ ދާއޫދު އަދި ތިރްމިޛީއެވެ. އަލްބާނީ މި ޙަދީޘް ޞަޙީޙް ކުރެއްވިއެވެ.)

މި ޙަދީޘުން ދޭހަވަނީ، ރޯދަވެރިޔާގެ އިޚްތިޔާރަކާ ނުލައި ކަރުތެރެއަށް ފެން ގޮސް، ރޯދަ ގެއްލިދާނެތީ ރައްކާތެރިވުމުގެ ގޮތުން، ރޯދައަށް ހުންނައިރު ނޭފަތަށް ފެންލުމުގައި ފުންކޮށް ފެން ނުފޮނުވުމަށެވެ.

ދެވަނައީ:

ރޯދަވެރިޔާ ކަރު ފޮޅައި ނުވަތަ ނޭފަތަށް ފެންލައި ހަދަނިކޮށް، ގަޞްދަކާ ނުލައި ކަރުތެރެއަށް ފެންފޮދެއް ހިނގައްޖެނަމަ، އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. އެއީ މާތް الله ވަޙީކުރައްވާފައިވާ މި ބަސްފުޅުގެ ސަބަބުންނެވެ. ” ((އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތަކުން ގަސްދުގައިކުޅަ ކަމަކާ މެދުގައެވެ.)) (އަލްއަޙްޒާބު: 5). މި ހާލަތުގައި އެމީހާގެ ހިތުން ރޯދަ ގެއްލޭ ފަދަ ކަމެއް ކުރުމަށް ގަޞްދުކޮށްފައި ނުވާތީ، އޭނާގެ ރޯދަ ޞައްޙަވާނެއެވެ.

(މަރުޖިޢު: الشرح الممتع 6/240، 246)

والله أعلم.

ރިފަރެންސް: އިސްލާމް.ކިއު.އޭ (98283)

ޓެގް

ސުވާލާއި ޖަވާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.