ޚަބަރު ގޭސް ލިބުމުގެ ދަތިކަން ހައްލުކޮށް، އަލުން 10 ކިލޯގެ ފުޅި ބާޒާރަށް ނެރެފި

ގޭސް ލިބުމުގެ ދަތިކަން ހައްލުކޮށް، އަލުން 10 ކިލޯގެ ފުޅި ބާޒާރަށް ނެރެފި

ގޭސް ލިބުމުގެ ދަތިކަން ހައްލުކޮށް، އަލުން 10 ކިލޯގެ ފުޅި ބާޒާރަށް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ބާޒާރަށާއި ސަރަހައްދީ ފެންވަރުގައި ގޭސް ލިބުމަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެން، ރާއްޖޭގެ ބާޒާރަށް ކައްކާ ގޭސް ދޫކުރުމުގައި ދިމާވި ދަތިތައް އެސްޓީއޯއިން ހައްލުކޮށްފިއެވެ.

މި ދަތިތަކަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ މޯލްޑިވް ގޭސްއަށް ބޭނުންވާ މިންވަރަށް ގޭސް ހޯދުމުގައި ކުރިމަތިވި ވަގުތީ މައްސަލަތަކެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 7 ކިލޯގެ ގޭސް ފުޅި އަގުހެޔޮކޮށް ވިއްކުމަށްފަހު، މިއަދުން ފެށިގެން އަލުން 10 ކިލޯގެ ގޭސް ފުޅި ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއާއެކު، ފާއިތުވި ދުވަސްތަކުގައި ބާޒާރަށް ގޭސް ދޫކުރާ މިންވަރު މަދުވި މަދުވުމަށް ނިމުމެއް އައިސް، ކުރިއެކޭވެސް އެއްފަދައިން ގޭސް ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ.

އެސްޓީއޯއިން ބުނިގޮތުގައި ގޭސް ސަޕްލައި ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ އާންމު ހާލަތަކަށް ރުޖޫޢަވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބާޒާރުގައި މެދުނުކެނޑި ގޭސް ލިބޭނެ އިންތިޒާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ރައްޔިތުންނަށް ދީފައެވެ.

ޓެގް

މޯލްޑިވގޭސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.