ޚަބަރު

ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ 9:00 ން 13:00 އަށް

މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުން މިއަދު އިޢުލާނު ކުރައްވައިފިއެވެ.

މިއީ 2022 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކަނޑައަޅާފައިވާ ގަޑިތަކެކެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ގަޑިތަކަކީ ހަމައެކަނި ސަރުކާރުގެ އިދާރާތަކަށް ހަމަޖައްސާފައިވާ ވަގުތުތަކެކެވެ. އަމިއްލަ ކުންފުނިތަކާއި އިދާރާތަކުގެ މަސައްކަތު ގަޑިތައް ހަމަޖައްސާނީ އެ ތަންތަން ހިންގާ ފަރާތްތަކުން ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތު ގަޑި މިގޮތަށް ހަމަޖައްސާފައިވަނީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އަމަލުކުރާނެ ގޮތް ބަޔާންކޮށް 6 މާރިޗު 2022 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close