ޚަބަރު ސްޕޯޓްސް އެވޯޑްސްއަށް ރައީސުލްޖުމުހޫރިއްޔާގެ ދަރިކަލުން ނޮމިނޭޓްވެއްޖެ

ސްޕޯޓްސް އެވޯޑްސްއަށް ރައީސުލްޖުމުހޫރިއްޔާގެ ދަރިކަލުން ނޮމިނޭޓްވެއްޖެ

ސްޕޯޓްސް އެވޯޑްސްއަށް ރައީސުލްޖުމުހޫރިއްޔާގެ ދަރިކަލުން ނޮމިނޭޓްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުޅިވަރާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ “އަހަރުގެ ޒުވާން ފިރިހެން ކުޅުންތެރިޔާ”ގެ ކެޓަގަރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވެއްޖެއެވެ.

މިއީ ރާއްޖޭގެ ރައީސެއްގެ ބޭފުޅަކު މިފަދަ ކުޅިވަރު އެވޯޑަކަށް ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ މިދިޔަ އަހަރުގެ އެވޯޑަށް އުމައިރު ނޮމިނޭޓްވެފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުންނެވެ.

ޖުމްލަ ފަސް ކުޅުންތެރިން ނޮމިނޭޓްވި މި ކެޓަގަރީގައި އުމައިރާއެކު ޓީޓީ އެސޯސިއޭޝަނުން ޒީކް ހަސަން ލަތީފް ވެސް ވަނީ ހިމަނާފައެވެ. ދެން މި ކެޓަގަރީގައި ހިމެނެނީ ބޯޑީބިލްޑިން އެސޯސިއޭޝަންގެ ފަރާތުން ނޮމިނޭޓްވި އައިން އަހުމަދާއި މުހައްމަދު އަޒާން އަހްމަދުގެ އިތުރުން، ސްވިމިން އެސޯސިއޭޝަންގެ ފަރާތުން ނޮމިނޭޓްވި މުހައްމަދު ރިހާން ޝިހާމެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައިގެ އެއްވެސް ކުޅުންތެރިއަކު މި ކެޓަގަރީއަކަށް ނޮމިނޭޓްވެފައެއް ނުވެއެވެ.

ޓެގް

ސްޕޯޓްސްއެވޯޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.