ޚަބަރު ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަކީ ތަރައްޤީގެ ބިންގާ: ރައީސް މުޢިއްޒު

ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަކީ ތަރައްޤީގެ ބިންގާ: ރައީސް މުޢިއްޒު

ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަކީ ތަރައްޤީގެ ބިންގާ: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޅި ދުނިޔެއަށް ފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިންގެ ހަމަހަމަ ބައިވެރިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ “ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ” މުނާސަބަތުގައި މިއަދު ފޮނުއްވި މެސެޖެއްގައި، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތަރައްޤީގެ ދަތުރު ބިނާވެފައިވަނީ ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށެވެ.

މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ އިސްނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަތީ ތަޢުލީމާއި، ސްކޮލަރޝިޕް އަދި ފަންނީ ތަމްރީނުތަކަށް ދެއްވާ އިސްކަމުގެ ސަބަބުން، ސްޓެމް ދާއިރާތަކާއި، އައި.ސީ.ޓީ އަދި މެރިން ސައިންސް ފަދަ ރޮނގުތަކަށް ދިވެހި އަންހެނުންގެ ޝައުޤުވެރިކަން އިތުރުވަމުންދާތީ އެކަމަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، މިފަދަ އީޖާދީ ދާއިރާތަކުން އަންހެނުންނަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދީ، އެންމެން ޝާމިލްވާ ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.