ޚަބަރު އިދިކޮޅު ކެންޑިޑޭޓުން ގަތުމަށް ސަރުކާރުން މިލިއަނުން ރިޝްވަތު އެބަ ހުށަހަޅާ: އެމްޑީޕީ

އިދިކޮޅު ކެންޑިޑޭޓުން ގަތުމަށް ސަރުކާރުން މިލިއަނުން ރިޝްވަތު އެބަ ހުށަހަޅާ: އެމްޑީޕީ

އިދިކޮޅު ކެންޑިޑޭޓުން ގަތުމަށް ސަރުކާރުން މިލިއަނުން ރިޝްވަތު އެބަ ހުށަހަޅާ: އެމްޑީޕީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން، ސަރުކާރު ހިންގާ ޕީއެންސީން މިލިއަނުން ރިޝްވަތު ހުށަހަޅަމުންދާ ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.

 އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނުގެ ނައިބު ހުސެއިން ހަސަން ވިދާޅުވީ، ކެންޑިޑޭޓުން ގަތުމަށް ފައިސާގެ އިތުރުން ވަޒީފާގެ ކުރިއެރުމާއި އާ ވަޒީފާތަކުގެ ދަހިވަތިކަން ދައްކައިގެން ސަރުކާރުން ފަސާދައިގެ އަމަލުތައް ހިންގަމުންދާ ކަމަށެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ޕީއެންސީއަކީ އެއްވެސް އިރެއްގައި ސިޔާސަތެއް ވިއްކައިގެން ވޯޓު ހޯދާ ބައެއް ނޫން ކަމަށާއި، މިފަހަރުގެ އިންތިޚާބުގައި ވެސް އެ ބޭފުޅުން ނުކުމެވަޑައިގެން އުޅުއްވަނީ ރިޝްވަތުގެ ކަޅު ފައިސާ ހިފައިގެންނެވެ. ރާއްޖޭގެ ތާރީޚުގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް މީގެ ކުރިން އެއްވެސް ބަޔަކު ކޮށްފައި ނުވާ ކަމަށާއި، ސަރުކާރުން މިހާރު ކުރަމުންދާ ކެމްޕޭނަކީ ހަމައެކަނި ފައިސާއަށް ވިކޭނެ ބަޔަކު ހޯދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންތިޚާބަކާ ނުލާ ގޮނޑިތައް ކާމިޔާބުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެއްބާރުލުން ލިބޭ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ. އެގޮތުން އީސީން ހާމަނުކުރާ ސިއްރު މައުލޫމާތުތައް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަށް އެނގިވަޑައިގަންނަވާ ކަމަށާއި، އިންތިޚާބަކާ ނުލާ ލިބޭނެ ގޮނޑީގެ އިންސައްތަ ފަލާހު އިޢުލާން ކުރައްވަނީ އެ ސަބަބާ ހުރެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.