ޚަބަރު 5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށްލައި 2 މިލިއަނުން ޖޫރިމަނާކޮށްފި

5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށްލައި 2 މިލިއަނުން ޖޫރިމަނާކޮށްފި

5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށްލައި 2 މިލިއަނުން ޖޫރިމަނާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 5 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ޕާކިސްތާނު މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށާއި، ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ގަތަރު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައި އަބްދުއްލަތީފް ބަލޮޗްގެ މައްޗަށް ދައުލަތުން އުފުލި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް، ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައެވެ.

މި މައްސަލަ ހިނގާފައިވަނީ 12 މާޗު 2024 ގައެވެ. އޭނާގެ ހާޒިރުގައި ކަސްޓަމްސް އޮފިސަރުން ލަގެޖު ބަލައި ފާސްކުރިއިރު، އޭނާގެ ނަމުގައިވާ ޓެގް ޖަހާފައިވާ ކަޅު ދަބަހަކުން 5 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެ ދަބަހަކީ އޭނާ ޗެކިން ކުރި ދަބަހެއްކަން ތަހުގީގަށް ސާބިތުވެފައިވާތީ، ލަގެޖުން ފެނުނު ތަކެއްޗަށް އޭނާ ޒިންމާވާން ޖެހޭނެ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި އެއް އަހަރާއި 11 މަހާއި 10 ދުވަސް އުނިކުރުމަށްފަހު، ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޓެގް

ކްރިމިނަލްކޯޓް މަސްތުވާތަކެތި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.