ޚަބަރު ބޮޑު 2 އިންތިހާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފި

ބޮޑު 2 އިންތިހާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފި

ބޮޑު 2 އިންތިހާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށްޓަކައި ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު، 72 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މި ބިލު ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެސް ދިރާސާކޮށް ނިންމި ގޮތަށެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މި އިސްލާޙަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު ހޭދައެއް ސަލާމަތް ކުރެވޭނެ މުހިންމު ބަދަލެއް ކަމަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބަށް 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް މިކަމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމުން ރައީސް ޖަވާބުދާރީ ކުރުވަން ރައްޔިތުންނަށް ލިބޭ ފުރުޞަތު ގެއްލޭ ކަމަށް ބުނާ ވާހަކައަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށެވެ. މި ބިލު ދިރާސާކުރުމުގެ މަރުޙަލާގައި އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލުވެސް ވަނީ ހޯދާފައެވެ.

ޓެގް

ރައްޔިތުންގެ މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.