ޚަބަރު ރަމަޟާން މަހު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަންވަރު 3:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ

ރަމަޟާން މަހު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަންވަރު 3:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ

ރަމަޟާން މަހު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަންވަރު 3:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ބަދަލު ގެންނަވައިފިއެވެ.

އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން ދަންވަރު 3:00 އާ ހަމައަށެވެ. މިއީ ރަމަޟާން މަހު އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން ދެއްވާ ފުރުސަތެކެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވަނަ ދުވަސް ކަމަށްވާއިރު، މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޓެގް

ކެފޭ ހޮޓާ ރަމަޟާންމަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.