ކުޅިވަރު ފަހަތުން އަރައި ސިޓީން ލިވަޕޫލް ބަލިކޮށް، ދެވަނާގައި ފިޔަވަޅެއް ކުރިއަށް

ފަހަތުން އަރައި ސިޓީން ލިވަޕޫލް ބަލިކޮށް، ދެވަނާގައި ފިޔަވަޅެއް ކުރިއަށް

ފަހަތުން އަރައި ސިޓީން ލިވަޕޫލް ބަލިކޮށް، ދެވަނާގައި ފިޔަވަޅެއް ކުރިއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންފީލްޑްގައި ކުޅުނު ފޯރިގަދަ މެޗުން މެންޗެސްޓާ ސިޓީން ފަހަތުން އަރައި 2-1 އިން ލިވަޕޫލް ބަލިކޮށްފިއެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮޒްލާއީ ހިލޭ ޖެހުމަކުން ލިވަޕޫލަށް ލީޑު ނަގައިދީފައި ވަނިކޮށް، ސިޓީން ނަތީޖާ އަނބުރާލީ ބާނާޑޯ ސިލްވާގެ ލަނޑާއި މެޗުގެ އިތުރު ވަގުތުގައި އާލިންގް ހާލަންޑް ކާމިޔާބުކުރި ޕެނަލްޓީންނެވެ.

މެޗުގެ ފަހުވަގުތު ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ކުރިއަށް އަރައި ހުސްކޮށް އޮތް ގޯލަށް ރަޔަން ޗާކީ ބޯޅައެއް ފޮނުވާލި ނަމަވެސް، އޭގެ ކުރިން ސޮބޮޒްލާއީ ހާލަންޑަށް ފައުލުކުރުމުން ރެފްރީ ވަނީ އެ ގޯލު ބާތިލުކޮށް ސޮބޮޒްލާއީއަށް ރަތް ކާޑު ދައްކާފައެވެ. މިއާއެކު މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮބޮޒްލާއީ ނުލައި ލިވަޕޫލަށް މެޗު ނިންމާލަން ޖެހުނުއިރު، މިއީ އެ ޓީމަށް ލިބުނު ބޮޑު ނުތަނަވަސްކަމެކެވެ.

މި މޮޅާއެކު މެންޗެސްޓާ ސިޓީ ވަނީ ކުޅުނު 25 މެޗުން 50 ޕޮއިންޓް ހޯދައި، ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި 56 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ރޭގެ މެޗުން ބަލިވި ލިވަޕޫލް އޮތީ 39 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ސިޓީން މިހާރު އަންނަނީ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކުރަމުންނެވެ.

ޓެގް

ޕްރިމިއަރލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.