ޚަބަރު ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މުރާޖައާކުރުމަށްފަހު އަލުން ގެޒެޓްކޮށްފި

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މުރާޖައާކުރުމަށްފަހު އަލުން ގެޒެޓްކޮށްފި

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މުރާޖައާކުރުމަށްފަހު އަލުން ގެޒެޓްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓެރަރިސްޓް ޖަމާއަތްތަކުގެ ރަސްމީ ލިސްޓު މުރާޖައާކުރެއްވުމަށްފަހު މިއަދު އަލުން ގެޒެޓްކުރައްވައިފިއެވެ.

ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފާގެ މަތިން ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ މި ލިސްޓުގައި ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޖުމްލަ 19 ޖަމާއަތެއް ހިމަނާފައިވެއެވެ.

މިފަހަރު ގެޒެޓްކުރި ލިސްޓުގައި ހިމެނޭ ޖަމާއަތްތަކުގެ ތެރޭގައި އަލްޤައިދާ، އިސްލާމިކް ސްޓޭޓް (އައި.އެސް)، ބޯކޯ ހަރާމް، އަލްޝަބާބް، އަދި ލަޝްކަރޭ ތައިބާ ފަދަ ޖަމާއަތްތައް ހިމެނެއެވެ. މި ލިސްޓުގައި އެ ޖަމާއަތްތައް އެންމެ ފުރަތަމަ ކަނޑައެޅުނު ތާރީޚާއި، ފަހުން މުރާޖައާކުރެވުނު ތާރީޚުތައް ހިމަނާފައިވީ ނަމަވެސް، މިފަހަރުގެ މުރާޖައާގައި އެއްވެސް ޖަމާއަތެއް އަލަށް އިތުރުކޮށް ނުވަތަ އުނިކޮށްފައެއް ނުވެއެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނެސްފައިވަނީ 2016 ވަނަ އަހަރުގައެވެ. ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅައި، އެ މަޢުލޫމާތު ދިވެހި ސަރުކާރުން އާންމުކުރުމަކީ ޓެރަރިޒަމް ހުއްޓުވުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ަ

ޓެގް

އެމްއެން ޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.