ޚަބަރު

ކައުންސިލް އިންތިހާބުގެ %80 ގޮނޑި ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް ފަލާހް ވިދާޅުވެއްޖެ

އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތައް “ބާވެ، މުސްކުޅިވެފައިވާ” ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ %80 އަށް ވުރެ ގިނަ ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ރޭ ވިދާޅުވެއްޖެއެވެ. ފަލާހް މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ބޭއްވި ޕީއެންސީގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހް ވިދާޅުވީ ވޭތުވެދިޔަ 17 އަހަރު ކުޅުދުއްފުށީގެ ކައުންސިލް މެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަވެސް، އެ ރަށަށް އެދެވޭ ތަރައްގީއެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން، ރަށްރަށާއި ސިޓީތަކުގެ ތަރައްގީއަށްޓަކައި މިފަހަރު ޕީއެންސީގެ ޒުވާން ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަކީ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގައި ޒުވާން ލީޑަޝިޕެއް ނެތްކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވީ، އެ ޕާޓީން އަދިވެސް ގެންގުޅެނީ 2008 ވަނަ އަހަރުގެ ބާ ސިޔާސަތުތައް ކަމަށާއި އެއީ މިހާރު ރައްޔިތުން ބަލައިގަންނަ ކަންކަން ނޫން ކަމަށެވެ. އަދި ބައެއް ރަށްރަށުން އެމްޑީޕީއަށް ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން ޕީއެންސީއަށް ގޮނޑިތައް ކަށަވަރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close