ޚަބަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނަ މާކެޓަށް ޗައިނާ ޖެހިލައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނަ މާކެޓަށް ޗައިނާ ޖެހިލައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނަ މާކެޓަށް ޗައިނާ ޖެހިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ގައުމަކީ ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަށް ވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 26,108 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ހަފުތާގައި ލިސްޓުގެ ހަވަނައިގައި އޮތް ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ 31,250 ފަތުރުވެރިންނާއެކު ރަޝިއާއިންނެވެ. އަދި 25,141 ފަތުރުވެރިންނާއެކު އިޓަލީވިލާތް އޮތީ ލިސްޓުގެ ތިންވަނައިގައެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޗައިނާކަން ފާހަގަކޮށްލެވެއެވެ.

ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން މި އަހަރު ފެންނަނީ ވަރަށް ކާމިޔާބުކޮށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 242,707 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 10,253 ފަތުރުވެރިން އެއް ދުވަހާ ރާއްޖެއަށް އައިސްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ޓެގް

ފަތުރުވެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.