ޚަބަރު ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ ސިޓީ ވައިގެ މަގުން ގުޅާލުމަށްޓަކައި، ގައުމީ އެއާލައިން މޯލްޑިވިއަންގެ ޚާއްޞަ ޝެޑިއުލް ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އައްޑޫ ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. މި ދަތުރުތަކަށް ބޭނުންކުރަނީ ސީޕްލޭންގެ ޚިދުމަތުގައި ބޭނުންކުރާ “ޓްވިން އޮޓާ” މަރުކާގެ ބޯޓެއް، އެއާޕޯޓްތަކަށް ޖެއްސޭ ގޮތަށް ފުރޮޅު ހަރުކޮށްގެން ބަދަލުކޮށްފައިވާ ބޯޓެކެވެ.

މި ޚިދުމަތުގެ ދަށުން އައްޑޫ ގަން ބޭސްއެއްގެ ގޮތުގައި ބަލައިގެން ހަފުތާގެ ހުރިހާ ދުވަހަކު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، މި ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ލުއިވާނެ ފަދަ ހެޔޮ އަގުތަކެއްގައި ކަމަށެވެ. އެގޮތުން ގަމާއި ފުވައްމުލަކާ ދެމެދު އެއްކޮޅު ޓިކެޓެއް 500 ރުފިޔާއަށް ލިބޭއިރު، އެހެން މަންޒިލްތަކުގެ އަގުތައް އުޅެނީ 650 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދުގައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، މިއީ ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރާއި ފަތުރުވެރިކަން ކުރިއެރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. “ލޭންޑް ބޭސްޑް ޝެޑިއުލްޑް ކަނެކްޓިވިޓީ” އެއްގެ ގޮތުގައި ފެށި މި އޮޕަރޭޝަނަށް އޮންނަ ޑިމާންޑަށް ބަލައި، ކުރިއަށް އޮތްތަނުގައި ޝެޑިއުލަށް ބަދަލު ގެނައުމާއި ބޮޑެތި ބޯޓުތައް ބޭނުންކުރުމަށް ވެސް ވަނީ ރޭވިފައެވެ. މި ޚިދުމަތުގެ ސަބަބުން ކަނޑުމަގުން ކުރާ ދަތުރުތަކުގެ އިތުރުން، ވައިގެ މަގުން އަވަސް އަދި ފަސޭހަ ނިޒާމަކުން ދެކުނުގެ ހުރިހާ އަތޮޅެއް މިވަނީ ގުޅާލެވިފައެވެ.

ޓެގް

ޓްރާންސްޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.