ޚަބަރު ނ، އަތޮޅަށް ވަރުގަދަ ބޮޑު ޕްރޮޖެކްޓެއް، ”ޕްރޮޖެކްޓް އައިލާ“ ގެ ބިންގާ އަޅައިފި

ނ، އަތޮޅަށް ވަރުގަދަ ބޮޑު ޕްރޮޖެކްޓެއް، ”ޕްރޮޖެކްޓް އައިލާ“ ގެ ބިންގާ އަޅައިފި

ނ، އަތޮޅަށް ވަރުގަދަ ބޮޑު ޕްރޮޖެކްޓެއް، ”ޕްރޮޖެކްޓް އައިލާ“ ގެ ބިންގާ އަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް “އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް” ގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އަޅުއްވައިދެއްވައިފިއެވެ.

ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރާއި، ކުރަމާދޫ ހިމެނޭ ސަރަޙައްދުގައި ހިންގާ މި މަޝްރޫޢަކީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދާ 790 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 12.2 ބިލިއަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު ނިމިފައިވާއިރު، މިއީ ރާއްޖޭގެ އިޤުތިޞާދީ ކުރިމަގަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެއެވެ.

ތިމާވެއްޓާ ރައްޓެހި އަދި ކާނާގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޓައުންޝިޕަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އުފެއްދުމަށް ހަމަޖެހިފައިވަނީ އިއާދަކުރަނިވި ހަކަތައިންނެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކުއާކަލްޗަރާއި މެރިކަލްޗަރ ކުރިއެރުވުމަށް ޚާއްޞަ ޒޯނެއް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭނެއެވެ. މިއީ ރާއްޖެއިން ބޭރުން އެތެރެކުރާ މުދަލަށް ބަރާސާވާ މިންވަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން ފުރިހަމަ މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ހިމެނޭނެއެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމައި ޚިދުމަތް ދޭން ފެށުމެވެ. މި ބިޔަ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދީ ދުވެލި ހަލުވިވެ، ދިވެހިންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތަކާއި ތަމްރީނުވުމުގެ މަގުތައް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.