ޚަބަރު އިނގިރޭސިވިލާތުގައިވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

އިނގިރޭސިވިލާތުގައިވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

އިނގިރޭސިވިލާތުގައިވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ވިސްނަމުންދާކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.

އިނގިރޭސި ސަރުކާރުންވަނީ މިކަންކުރަން ފެށުމަށް އާއްމުންގެ ހިޔާލާއި، އެކަމާ ގުޅޭގޮތުން އެހެން ޤައުމުތަކުން ތައްޔާރުކޮށްފައިވާ ދިރާސާތައް އެއްކުރުމުގެ މަސައްކަތް ފަށާފައެވެ. ޚަބަރުތައް ބުނާގޮތުން ޔޫކޭއިން ވަނީ މިކަން ފެށުމުގެ ކުރިންވެސް ކުޑަކުދިން ގެންގުޅެމުންދާ ފޯނާއި އެކިއެކި އާލާތްތަކުން ބަރަހަނާ ސައިޓްތަކަށް ވަނުމާއި އަދި އެފަދަ މަންޒަރުތައް ނުބެލޭނޭ ގޮތް ހެދުމުގެ މަސައްކަތް ފަށާފައެވެ.

ޚަބަރުތައް ބުނާގޮތުގައި މިކަން މަނާކުރުމަށް ނިންމީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތުގެ ދަށުންނެވެ. އިނގިރޭސިވިލާތުން އެޅުމަށް މަސައްކަތްކުރަމުންދާ މި ފިޔަވަޅުގެ ސަބަބުން ކުރިއަށްއޮތް ތަނުގައި 16 އަހަރުން ދަށުގެ ކުދިންނަށް ކިޔަވާ ތަންތަނުގައި ފޯން ބޭނުންކުރުން ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކޭކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގިނަ ޤައުމުތަކުން ދަނީ ކުޑަކުދިންނަށް ސޯޝަލް މީޑިޔާ ބޭނުން ކުރުން މަނާކުރަމުންނެވެ. 2024 ވަނަ އަހަރު އޮސްޓްރޭލިއާގައި ފާސްކުރެވުނު ޤާނޫނަކާއި ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅު އެ ޤައުމުގައިވެސް ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިޔާ ބޭނުން ނުކުރެވޭގޮތް ހަދާފައެވެ.

އޮސްޓްރޭލިއާގެ އިތުރުން މެލޭޝިއާއިންވެސް ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމާފައިވާކަމަށެ ބުނެފައެވެ. އެގޮތުން މިކަމުގައި އޮސްޓްރޭލިއާއިން ގެންގުޅުނު އުސޫލްތައް ދިރާސާކުރަމުންދާކަމަށް މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލް ވަނީ ވިދާޅުވެފައެވެ.

ޓެގް

ސޯޝަލްމީޑިއާ ކުޑަކުދިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.