ޚަބަރު ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓް ދޫކުރުމުގެ އުސޫލު ހައުސިން މިނިސްޓްރީން މިއަދު އާއްމުކޮށް، އެ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު މިއަދުން ފެށިގެން އޭޕްރިލް 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ވިލުފުށީގެ ރައްޔިތުންނާއި، އެ ރަށުގައި ދިރިއުޅޭތާ 10 އަހަރު ވެފައިވާ ފަރާތްތަކަށް ކުރިމަތިލެވޭނެ އެވެ.

މި ހައުސިން ޔުނިޓްތަކަކީ ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމެއް އަދި ބަދިގެއެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ. ކޮންމެ ޔުނިޓެއް އިމާރާތްކޮށްފައި ވަނީ 2,000 އަކަ ފޫޓުގެ ބަންޑާރަގޯއްޗެއްގައެވެ. ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 1204.69 އަކަފޫޓެވެ.

މި ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވިލުފުށީގެ ރައްޔިތުންނަށް ދީފައިވާއިރު، އެ ރަށުގައި ދިރިއުޅޭތާ 10 އަހަރު ވެފައިވާ ފަރާތްތަކަށް ވެސް މި ފުރުސަތު ލިބޭނެ އެވެ. ހައުސިން މިނިސްޓްރީން ބުނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ފަރާތަށް ޔުނިޓްތައް ދޫކުރާނެ ކަމަށެވެ.

ޕޮއިންޓް ދިނުމުގައި ދަރިންގެ އަދަދަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ. ތިން ކުދިން ނުވަތަ އެއަށްވުރެ ގިނަ ދަރިން ތިބި ފަރާތްތަކަށް އެންމެ ގިނައިން ޕޮއިންޓް ލިބޭނެ އެވެ. ކުއްޖަކަށް ފަސް ޕޮއިންޓްގެ ރޭޓުން، ތިން ކުދިންނާ ހަމައަށް ޕޮއިންޓް އިތުރުވާނެއިރު، ދަރިންގެ އަދަދަށް ދެވޭ ޕޮއިންޓްގެ އެންމެ މަތީ ސީލިންގަކީ 20 ޕޮއިންޓެވެ.

މީގެ އިތުރުން، އެކަނިވެރި މައިންނާއި ބަފައިންނަށް އަދި ދައުލަތުން ހަވާލުކޮށްފައިވާ ކުދިން ބަލަހައްޓާ ފަރާތްތަކަށް 10 އިތުރު ޕޮއިންޓް ލިބޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ޓެގް

ވިލިފުށި ފްލެޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.