ބޭރުދުނިޔެ އެމެރިކާގެ ވަރުގަދަކަށް ދައްކާލައި ވެނެޒިއުލާގެ ރައީސް މަޑޫރޯ ގެނެސް އެމެރިކާގެ ޖަލެއްގައި ހައްޔަރުކޮށްފި

އެމެރިކާގެ ވަރުގަދަކަށް ދައްކާލައި ވެނެޒިއުލާގެ ރައީސް މަޑޫރޯ ގެނެސް އެމެރިކާގެ ޖަލެއްގައި ހައްޔަރުކޮށްފި

އެމެރިކާގެ ވަރުގަދަކަށް ދައްކާލައި ވެނެޒިއުލާގެ ރައީސް މަޑޫރޯ ގެނެސް އެމެރިކާގެ ޖަލެއްގައި ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެ ގައުމުގެ ޚާއްޞަ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި، ވެނެޒިއުލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް، ނިއުޔޯކުގެ ޖަލެއްގައި ބަންދުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ކަރަކަސްގައި ހިންގި މި އޮޕަރޭޝަނުގައި އެމެރިކާ ސިފައިން ވަނީ އެ ސަރަހައްދުގެ ކަރަންޓު ކަނޑާލައި، އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މަޑޫރޯ ހައްޔަރުކުރުމަށްފަހު އެމެރިކާގެ ނޭވީ ބޯޓަކަށް ގެންގޮސްފައިވަނީ ހެލިކޮޕްޓަރުގައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ރައީސް ޓްރަމްޕް ވިދާޅުވީ، ވެނެޒިއުލާގައި އަމާން އަދި ވިސްނުންތެރި ވެރިކަމުގެ ބަދަލެއް ގާއިމުކުރެވެންދެން އެމެރިކާ އިން އެ ގައުމު ހިންގާނެ ކަމަށެވެ. މަޑޫރޯގެ މައްޗަށް އެމެރިކާ އިން ކުރާ މައިގަނޑު ތުހުމަތަކީ އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ވިއުގައެއް ހިންގުމެވެ. މީގެ އިތުރުން 2024 ވަނަ އަހަރު ވެނެޒިއުލާގައި ބޭއްވި އިންތިހާބު މަޑޫރޯ އޮޅުވާލާފައިވާ ކަމަށްވެސް ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރެއެވެ.

ބޭރު ގައުމެއްގެ ވެރިއަކު މިފަދަ ގޮތަކަށް ހައްޔަރުކުރުމުގެ ގާނޫނީ ސައްހަކަމާމެދު އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާއި މާހިރުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް ޑިމޮކްރެޓުން ވަނީ މި އޮޕަރޭޝަނުގެ ތަފްސީލީ ޕްލޭން ހާމަކުރުމަށް ގޮވާލާފައެވެ. މި ހާދިސާއާއެކު ވެނެޒިއުލާގެ ބޮޑު ތެލުގެ ރިޒާވްގެ ކޮންޓްރޯލް އެމެރިކާގެ ދަށަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، މިއީ ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.