ޚަބަރު

ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް މަކަރާއި ހީލަތުން ވިއްކައި، ގިނަ ބަޔަކަށް އޮޅުވާލި މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

މި މައްސަލައިގައި މަންޑޭގެ މައްޗަށް ދައުލަތުން އުފުލި 104 ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި ޓެކުމުގެ 46 ދައުވާއަކަށް 368 އަހަރު، އޮޅުވާލުމުގެ 44 ދައުވާއަކަށް 13 އަހަރު، ސައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާއަކަށް 1 އަހަރު، އަދި މަނީ ލޯންޑްރިންގގެ އެއް ދައުވާއަށް 14 އަހަރުގެ ޖަލު ހުކުމް ހިމެނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމްތަކުގެ ތެރެއިން ހުކުމެކެވެ.

މި މައްސަލައަކީ ހަންބޯ ކޮމްޕެނީގެ ޗައިނާ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން އެކައުންޓްތައް ހުޅުވައި، އެއް އެޕާޓްމަންޓެއް ގިނަ ބަޔަކަށް ވިއްކައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާފައިވާ މައްސަލައެކެވެ. މަންޑޭގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close