ޚަބަރު ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކޮށްފި

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކޮށްފި

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން، ވ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކޮށް ނިންމައިފިއެވެ.

ރައީސް މުއިއްޒު މިހާރު ވ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ރަކީދޫގައި މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސްއިން ޤާއިމުކުރި އޭޓީއެމް ހުޅުވައިދެއްވާފައެވެ. އަދި މީގެ ކުރިން އިއްޔެ ފުލިދޫގައި ބީއެމްއެލްއިން ޤާއިމުކުރި އޭޓީއެމް ހުޅުއްވައި، ރޭ ތިނަދޫގައި ބެހެއްޓި އޭޓީއެމްވެސް ރައީސް މުއިއްޒު ވަނީ  އިފުތިތާހު ކޮށްދެއްވާފައެވެ.

ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ މާލީ ޚިދުމަތްތައް ހޯދުމަށް ކުރިން ރައްޔިތުންނަށް ދިމާވެފައިވާ އެތައް ސަތޭކަ ރުފިޔާގެ ހަރަދާއި ދަތުރުފަތުރުގެ ތަކުލީފުތަކަށް ނިމުމެއް ގެނުވައިދޭ ކަމެކެވެ. ރޭ ވ.ތިނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި އެރަށު ކައުންސިލުގެ ރައީސް ޝިފާގު ވިދާޅުވީ އޭޓީއެމް ހުޅުވުމާއެކު ފައިސާއެއް ނަގަން 200 ރުފިޔާ ހޭދަކޮށްގެން ކުރި ދަތުރުތައް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ވ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމާއެކު މިހާރު 12 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިމިފައިވާ ކަމަށެވެ. މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލްގެ 225 އޭޓީއެމްއާއި 166 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަންނަނީ އޮޕަރޭޓުކުރަމުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

ޓެގް

ބޭންކް ޑރ.މުއިއްޒު ބީއެމްއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.