ޚަބަރު ސައުދީއަށްވަރަށް ހޫނުގަދަ: ބައެއް ސަރަހައްދު ތަކުގައި 72 ޑިގުރީ ސެލްސިއަސް!

ސައުދީއަށްވަރަށް ހޫނުގަދަ: ބައެއް ސަރަހައްދު ތަކުގައި 72 ޑިގުރީ ސެލްސިއަސް!

ސައުދީއަށްވަރަށް ހޫނުގަދަ: ބައެއް ސަރަހައްދު ތަކުގައި 72 ޑިގުރީ ސެލްސިއަސް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ހައްޖު ދުވަސްވަރު ހައްޖުގެ އަޅުކަން އަދާކުރާ ބައެއް ސަރަހައްދު ތަކުގައި ހޫނު އާދަޔާ ޚިލާފަށް ގަދަވެ އޭގެ ނުރައްކާ ފޯރަފާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ދީފިއެވެ.

ސިއްހަތާ ބެހޭ ވުޒާރާ އާ ހަވާލާދީ ސައުދީ ގެޒެޓްގައި ބުނެފައިވަނީ ހައްޖުގެ އަޅުކަން އަދާ ކުރާ ބައެއް ސަރަހައްދު ތަކުގައި ޚާއްސަކޮށް ފަރުބަދަމަތީގެ ސަރަހައްދު ތަކުގެ ފިނިހޫނު މިން 72 ޑިގުރީ ސެލްސިއަށް މައްޗަށް ހިނގައިދާނެ ކަމަށް ހައްޖުވެރިން ސަމާލުވެ ރައްކައުތެރި ވުމަށް އެދޭ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އިރުގެ ގަދަ ހޫނުގައި ގިނަ ވަގުތު ހޭދަ ކުރުމަކީ ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތި ވެދާނެ ކަމެއް ކަމަށް ވުމާއެކު އެ ކަމަށް ސަމާލުކަން ދިނުމަށެވެ. މިއަހަރުގެ ހައްޖު މޫސުން ކުރިމަތިވީ މައްކާ އަށް އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސް ވަރެއްގައި ކަމަށް ވުމާއެކު މިއަހަރު ހައްޖުވެރިންނަށް ކުރިމަތިވާނެ އެންމެ ބޮޑު ދައްޗަކަށް ވާނީ ހޫނު ގަދަވުން ކަމަށް ވެސް ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހައްޖުވެރިންނަށް ދީފައިވާ އިރުޝާދަކީ، ކުޑަ ހިފައިގެން ނޫނީ އަވީގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ކަރު ހިއްކުން އިހުސާސް ނުވިޔަސް އެކަށީގެންވާ މިންވަރަކަށް ފެން ބުއިމަށެވެ. މީގެ އިތުރުން އެންމެ ހޫނު ގަދަވާނެ ގަޑިތައް ކަމަށް ބެލޭ ހެދުނު 11ން މެދުރުފަހު 3އާ ދެމެދު ގަދަ އަވީގައި އުޅުން މަދު ކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ޓެގް

ސައޫދީ ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.