ޚަބަރު “ޕޮއެޓްރީ ތެރަޕީ”އަށް ދިވެހި ނަމެއްގެ ގޮތުގައި “ޅެން ފަރުވާ” ފާސްކޮށްފި

“ޕޮއެޓްރީ ތެރަޕީ”އަށް ދިވެހި ނަމެއްގެ ގޮތުގައި “ޅެން ފަރުވާ” ފާސްކޮށްފި

“ޕޮއެޓްރީ ތެރަޕީ”އަށް ދިވެހި ނަމެއްގެ ގޮތުގައި “ޅެން ފަރުވާ” ފާސްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

“ޕޮއެޓްރީ ތެރަޕީ”އަށް ދިވެހި ނަމެއްގެ ގޮތުގައި “ޅެން ފަރުވާ” ފާސްކޮށް އެ ކަމާ ގުޅޭ ދިރާސާ ހެދުމުގެ މަރުހަލާ ފަށަން ހަމަޖެހިފައިވާ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

ޅެމުން ނަފުސާނީ ބައްޔަށް ފަރުވާދޭނެކަން ވަޒީރު އާދަމް ނަޞީރު އިބުރާހިމް އިއުލާނުކުރެއްވީ މި އަހަރުގެ ޅެންވެރީންގެ ދުވަހުއެވެ.

އެ ވުޒާރާއިން މިއަދު ބުނީ، ޕޮއެޓްރީ ތެރަޕީގެ ދިވެހި ނަމެއްގެ ގޮތުގައި ޅެން ފަރުވަ ކިޔަން ދިވެހިބަހުގެ އެކެޑެމީގެ ބަސް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ. އެ ނަމުގެ މާނައަކީ “ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާ ގުޅޭ ޅެން ހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެވެ. މިއީ ގަދީމީ ޒަމާނުއްސުރު ހަޟާރަތްތަކުގައި ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެކެވެ.”

މި ބަސް މިހާރު ވަނީ ބަސް ފޮތުގެ އޮންލައިން އިސްދާރުގައި ވެސް ހިމަނައިފައެވެ.

މީގެ އިތުރުން، ޅެން ފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ހަވާލުކޮށް، އެ ކަމަށް އެއްބަސްވުމުގައި ސޮއިކުރުން ބުދަ ދުވަހު އޮންނާނެ ކަމަށް ވެސް ސަގާފަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން ޅެން ފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާ ކުރަން ވަނީ ހަމަޖެހިފައެވެ.

މި ނޫނަސް ދިވެހިބަސް ކުރިއަރުވަން ބޭނުންވާ ތަފާތު އިލްމީ ދިރާސާތައް ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް ކުރަން ވަނީ ހަމަޖެހިފައެވެ.

ޅެން ފަރުވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެ ވުޒާރާއިން ވަނީ ދާއިރާގެ ފަންނީ ބޭފުޅުންނާ އެކުގައި ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓާ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ އަދި ދަމަަނަވެށީގެ ފަންނީ ބައެއް ބޭފުޅުންނާ އެކު މަޝްވަރާކުރިއެވެ.

ޓެގް

އާދަމް ނަޞީރު ޅެން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.