ސިޔާސީ މަޖިލީހުގެ މެންބަރުން ދިރިއުޅެނީ ނިކަމެތި ދަތިހާލުގައި، މުސާރަ ބޮޑުވާންޖެހޭ – އެމްޑީޕީ ޕީޖީ ގްރޫޕް

މަޖިލީހުގެ މެންބަރުން ދިރިއުޅެނީ ނިކަމެތި ދަތިހާލުގައި، މުސާރަ ބޮޑުވާންޖެހޭ – އެމްޑީޕީ ޕީޖީ ގްރޫޕް

މަޖިލީހުގެ މެންބަރުން ދިރިއުޅެނީ ނިކަމެތި ދަތިހާލުގައި، މުސާރަ ބޮޑުވާންޖެހޭ – އެމްޑީޕީ ޕީޖީ ގްރޫޕް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އާއްމު ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ރައްޔިތުން މިޖިލހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލައަށް އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕުން ނިކުމެ ރައްދު ދީފިއެވެ.

މިވަގުތު އިދިކޮޅު އެންމެ ބޮޑުޕާރޓީ އަދި ރައްޔިތުން މަޖިލހުގެ ފުރިހަމަ އަޤުލަބިއްޔަތު އޮތް އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނީ މެމްބަރުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދަނީ މަޖިލިސް މެމްބަރުން ކުރަންޖެހޭ ހަރަދުތަކާއި މާލެއަށް ވަޑައިގެން އުޅުއްވަންޖެހޭ ދަތި އުދަނގޫ ގޮތްތަކަށް ބަލާފައި މިހާރު ލިބެމުންދާ މުސާރައިން ދެކޮޅު ނުޖެހެތީ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވަނީ މަޖިލިސް މެމްބަރުން މިތަންތަނަށް ވަޑައިގެން ރަށްރަށުގައި ދިރިއުޅުއްވާފައި، މާލެ އަށް ވަޑައިގެން، ވަރަށް އުނދަގުލުގައި ތަންތަން ކުއްޔަށް ހިއްޕަވައިގެން އުޅުއްވާ ވާހަކައާ އެއްޗެހި، އެހެންވީމަ އެ ހުރިހާ ކަންތައްތަކެއް، އެހާ ދަތިކޮށް، މާލޭގައި ގިނަ ހަރަދުތަކެއް ކުރައްވައިގެން އުޅެން ޖެހުމުގެ އިތުރުން، ރައްޔިތުން މަޖިލީސްއަށް ލިބޭނެ ރިސެސްގެ ވަގުތެއް، ކޮންމެ ދެ ތިން މަހުއެއްމަހު، އެއަށްވުރެ ގިނައިން ރައްޔިތުންގެ ގާތަށް، ރައްޔިތުންގެ މަންދޫބުން ވަޑައިގެންނަވަން ޖެހޭ ކަމަށާއި މިގޮތަށް ވަޑައިގަންނަ ވަޑައިގަތުންތަކުގައި އިންތިހާއަށް ޚަރަދު ކުރަންވަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ ބިގޭ އިތުރަށް ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވަނީ މަޖިލިސް މެމްބަރުންނަށް ވީތީ މުސާރަތައް ބޮޑުކުރުމުގެ އިތުރަށް މާލިއްޔަތު ކޮމިޓީގެ ރެކޮމެންޑޭޝަނުގައި ސްޓްރަކްޗަރ ތެރޭގައި ބޮޑުކުރަން ހުރި ހުރިހާ ފަރާތްތަކަށް އެއް މިންގަނޑުތަކެއްގެ ތެރޭގައި އެއް އަދަދުތަކެއްގައި ހިފެހެއްޓުމަށް ކަމަށެވެ.

މިއަދުގެ މި ނޫސް ކޮންފަރެންސުގައި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރުން ދިފާޢުކުރައްވާ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މުސާރައަށް އައި ކުރިއެރުމަކީ އެއްގޮތަކަށްވެސް މަޖިލީހުން ނިންމި ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ މުސާރައިގެ އޮނިގަނޑު ހާމަނައިޒް ކުރި އިރު ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ މުސާރަ ބޮޑުވީ ކަމަށެވެ.

މީގެ އިތުރުންވެސް މިއަދުގެ މި ނޫސް ކޮންފަރެންސްގައި އެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް މަޖިލިހުގެ މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން ދިފާޢުކުރައްވާ ބައެއް މެމްބަރުންވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޓެގް

މަޖިލިސް އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.