ޚަބަރުސިޔާސީ

ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން އަނެއްކާވެސް ރައީސް ޔާމީންގެ މައްސަލަ ބަލަނީ

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ގޮތުގައި ފާހަގަ ކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މުއްދަތު މިހާރު ގޭގައި ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ، އެމަނިކުފާނު އިސްވެ ހުންނަވާ އުފައްދާ ޕާރޓީ  ޕީއެންއެފްއަށް ރަސްމީކޮށް  ސޮއިކުރެއްވުމަށް  އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ހަރަކާތެއްގައި ބައިވެރިވި މައްސަލައެއް ކަރެކްޝަނަލް ސާވިސް އިން ބަލަމުން އަންނަ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ރޭ ބޭއްވުނު އެ ހަފުލާގައި ޔާމީން އެމަނިކުފާނު އިސްބވެ ހުންނަވާ ޕާރޓީއަށް ރަސްމީކޮށް ސޮއިކުރެއްވުމުގެ އިތުރުން އެޕާރޓީ އާއި ގުޅި ވަޑައިގެންނެވި ބައެއް ފަރާތްތަކުގެ ފޯމުތަކާއި ހަވާލުވެލައްވާ އެ ބައްދަލުވުމަށް ހާޒިރުވި ފަރާތްތަކާއި މުޙާތަބުކޮށް ވާހަކަފުޅުވެސް ވަނީ ދައްކަވާފައެވެ.

މިކަންތައްތަކާއި ގުޅިގެން ، ކަރެކްޝަންސްގެ ތަރުޖަމާނު ފާތުމަތު ޔުސްރީން ވިދާޅުވީ ޔާމީން ޕީއެންއެފްއަށް ސޮއިކުރެއްވި މައްސަލަ ނުބަލާ ކަމަށާއި، ނަމަވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. “ސިޔާސީ ޕާޓީއަކަށް ސޮއިކުރުން މަނަލެއް ނޫން. ނަމަވެސް، ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އަޅުގަނޑުމެން މި ދަނީ ބަލަމުން،” ތަފުޞީލް ދެއްވަމުން ފާތުމަތު ޔުސްރީން ވިދާޅުވި އެވެ.

މީގެ ކުރިންވެސް ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމާއި ގުޅިގެން ދެ ފަހަރެއްގެމަތިން ރައީސް ޔާމީނުގެ މައްސަލަ ބަލަމުންދާކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ.  

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close