ޚަބަރުބޭރުދުނިޔެ

ލަންޑަނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ސައޫދީ ވަލީއަހުދު މުޙައްމަދަށް ބޮޑުވަޒީރު ސްނާކް ދައުވަތު އަރުވައިފި

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސުނާކް, ލަންޑަނުގައި ބައްދަލުކުރެއްވުމަށް ދައުވަތު އަރުވައިފިއެވެ.

އިނގިރޭސިވިލާތުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވިއިރު، މިއީ 2018 ވަނަ އަހަރު ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އަވަހާރަކޮށްލަން އަމުރުކުރި ކަމުގެ ތުހުމަތަށް ފަހު ޕްރިންސް ލަންޑަނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޑައުނިން ސްޓްރީޓުން އެ ދައުވަތު ކަށަވަރުކޮށްދީފައި ނުވިޔަސް، ބޮޑުވަޒީރު ރިޝީ ސުނަކްގެ ތަރުޖަމާނަކާ ހަވާލާދީ ގާޑިއަން ނޫހުން ވަނީ އެވާހަކަ ރިޕޯޓްކޮށްފައެވެ.

“އަހަންނަށް ވަރަށް ސާފުކޮށް އެނގިއްޖެ އެ މަރަކީ ވަރަށް ބޮޑު ޖަރީމާއެއް ކަން، ސައޫދީން އެކަން ދެން ނުވާނެކަން ކަށަވަރު ކުރަން ޖެހޭ”. ޚަޝޯގީގެ މަރާ ގުޅޭ ގޮތުން ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.

މި ދަތުރުފުޅުގެ ޚަބަރުތައް ފެތުރިފައި މިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން ފަދަ ހުޅަނގުގެ ލީޑަރުން ދާދި ފަހުން ބޭއްވެވި ބައްދަލުވުންތަކާ ގުޅިގެންނެވެ.

ޚަޝޯގީ މަރާލި ފަހުން އިނގިރޭސިވިލާތާއި ސައުދީގެ ވަޒީރުން ވަނީ ލަންޑަނާއި ރިޔާޒާ ދެމެދު ދަތުރުކުރައްވާފައި ވާކަން ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ.

ޕްރިންސް މުހައްމަދު މިހާރު ގެންދަވަނީ އެމްބީއެސްގެ އިގްތިސާދީ ޑައިވަރސިފިކޭޝަން ޕްލޭން، ވިޝަން 2030 ގެ ޓާގެޓް އަހަރާ ދިމާކޮށް، އެކްސްޕޯ 2030 ބޭއްވުމަށް އެ ގައުމުން ކުރިމަތިލެއްވުމަށް ލޮބީ ކުރައްވަމުންނެވެ.

ރިޔާޒުގެ އިންސާނީ ހައްޤު ތަކާބެހޭ ރެކޯޑް ދަށްވުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މި ބިޑަށް ވަނީ ދެކޮޅު ހަދާފަ އެވެ.

ހުޅަނގުގެ ގައުމުތަކުން ދަނީ ޔޫކްރެއިންގެ ހަމަނުޖެހުންތަކުގައި ސައޫދީ އަރަބިއްޔާ އާއި އެހެން ގައުމުތަކުން އެއްފަރާތްވުމަށް ބާރު އެޅުމަށް މަސައްކަތް ކުރަމުންނެވެ.

ޔޫކްރެއިންގެ ހަމަނުޖެހުންތަކުގައި ސައޫދީ އަރަބިއްޔާއިން ގެންގުޅޭ ނިއުޓްރަލިޓީގެ ސްޓޭންޑަކީ ރަޝިޔާއަށް ތާއީދުކުރާ ޑި ފެކްޓޯ ސްޓޭންޑެއް ކަމަށް ދެކޭ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި މިވަނީ، ސައުދީން ތެޔޮ އުފެއްދުމާއި އޯޕެކް ޕްލަސް ސަމިޓުގައި އުފެއްދުންތެރިކަން ކަނޑާލުމަށް ނިންމި ނިންމުމަކީ އެމެރިކާއަށާއި ޔޫރަޕަށް ވިސްނުންތެރިކަމާއެކު ކުރި ކަމެއްގެ ގޮތުގައި ބެލެވޭތީ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close