ޚަބަރު ހާސްކަނޑާލާ، ހަމަޖެހޭނެ: ގާސިމަށް ރިޔާސީ ޓިކެޓް އަރުވައިފި

ހާސްކަނޑާލާ، ހަމަޖެހޭނެ: ގާސިމަށް ރިޔާސީ ޓިކެޓް އަރުވައިފި

ހާސްކަނޑާލާ، ހަމަޖެހޭނެ: ގާސިމަށް ރިޔާސީ ޓިކެޓް އަރުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހާސްކަނޑާލާ ، ހަމަޖެހޭނެ މި ސްލޯގަންގެ ދަށުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް މިރޭ އަރުވައިފިއެވެ.

ޤާސިމަށް ޓިކެޓު ދިނީ މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައެވެ.

މިރޭ 10:00 ގައި ފެށިގެން ދިޔަ މި ޖަލްސާގައި ޤާސިމަށް ޓިކެޓު އަރުވާފައިވަނީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފެވެ.

ޤާސިމަށް ޓިކެޓު އެރުވުމުގެ އިތުރަށް ކެމްޕެއިނުގައި ބޭނުންކުރާ ލޯގޯއާއި ކެމްޕެއިނުގެ ރަސްމީ ލަވަވެސް މިރޭގެ ޖަލްސާގައި އިފުތިތާހުކޮށްފައިވެއެވެ. ލަވައާއި ލޯގޯ އިފުތިތާހުކުރެއްވީ ޤާސިމެވެ.

2023 ވަނަ އަހަރަށް ޤާސިމުގެ ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުންކުރަނީ “ހާސްކަނޑައިލާ، ހަމަޖެހޭނެ”އެވެ. މި ޝިއާރަކީ މިފަހުން ހުޅުމާލޭގައި ޖުމްހޫރީ ޕާޓީން ބޭއްވި “ފުރަވީރުން” ހަރަކާތުގައި ޒުވާނުންނާ މުޚާތަބުކުރެއްވި ލަފުޒެކެވެ.

ޖުމްހޫރީ ޕާޓިއަކީ 2018 ވަނަ އަހަރު އިންތިޚާބުވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އިއްތިހާދުގެ ބައިވެރިއެކެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމުގެ ބަދަލުގައި އެ ޕާޓީން ވަކިން ނިކުތުމަށްވަނީ ނިންމާފައެވެ.

ފާއިތުވި ހަފުތާގައި ޤާސިމްވަނީ ރަސްމީކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއީދުކުރެއްވެން ނެތްކަން އަންގަވާފައެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާނެކަމުގެ ޔަގީންކަން ޤާސިމް ދެއްވާފައިވާތީ ޖޭޕީގެ ސްލޮޓުތަކުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުން ވަކިނުކުރެއެވެ.

ޓެގް

ޖުމްހޫރީޕާޓީ ޤާސިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.