ޚަބަރު ގްރޭޑް 8 ގައި ކިޔަވަމުން ދިޔަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ގްރޭޑް 8 ގައި ކިޔަވަމުން ދިޔަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުތުރުގެ ރަށެއްގެ ސްކޫލެއްގެ ގްރޭޑް 8 ގައި ކިޔަވަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ އަދަދެއްގެ ފިރިހެނުންތަކެއް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރަމުންދިޔަ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އަޕާ ނޮދާން އޭރިއާ (ހއ. ހދ. އަދި ށ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އޭޕްރީލް 29، ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އެ ކުއްޖާއަށް އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ފިރިހެނުން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލާގައި ހިމެނޭ ކުއްޖާއަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިކަން ފަޅާއެރުމާ އެކު އެ ކުއްޖާ ވަނީ މާލެ ގެނެސްފައެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންގެ އަދަދު 19 އަށް އަރައެވެ. ޖެންޑާ މިނިސްޓްރީން މިދިޔަ މާޗް މަހު އާއްމުކުރި ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 13 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.

ޓެގް

ޖިންސީގޯނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.