ޚަބަރު ޢީދަށްވާނީ ހުކުރު ދުވަސް: މައުމޫން

ޢީދަށްވާނީ ހުކުރު ދުވަސް: މައުމޫން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ފަލަކީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މިމަހުގެ 21 ވާ ހުކުރު ދުވަސް ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނަކީ ފަލަކީ ހިސާބަށް މޮޅު ދީނީ އިލްމުވެރިންގެ ތެރެއިން އިލްމުވެރިއެކެވެ. އެމަނިކުފާނު ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްވެސް އިސްލާމިކް މިނިސްޓްރީން އިއުލާން ކުރުމުގެ މާކުރިން ފަލަކީ ހިސާބަށް ބައްލަވައި ހާމަ ކުރައްވާފައެވެ.

ހަމައެގޮތަށް މިއަހަރުގެ ފިތުރު އީދު ދުވަސްވެސް ފަލީ ހިސާބުން ދައްކާގޮތުން ވަނީ ހުކުރު ދުވަހަށް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ޓެގް

ޢީދު މައުމޫން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.