ޚަބަރު ޒުވާނަކު ދުއްވި ސައިކަލާއެކު ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ޒުވާނަކު ދުއްވި ސައިކަލާއެކު ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ގއ. ކަނޑުހުޅުދޫގައި ގެއްލިގެން ހޯދަމުންދިޔަ ޒުވާނަކު އޭނާ ދުވައްވަމުންދިޔަ ސައިކަލުކަމަށް ބެލެވޭ ސައިކަލަކާ އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.


މަރުވެފައި އޮއްވައި ފެނުނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ކަނޑުހުޅުދޫގައި މީހަކު މިއަދު ފަތިހު 04:25 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް ޚަބަރެއް ނުވާކަމަށް ފަތިހު 04:45 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އާއިލާ މީހުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ރަށު ފަޅު ތެރެއިން ސައިކަލާއެކު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅުގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޓެގް

ކަނޑުހުޅުދޫ މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.