ޚަބަރު

ދިވެހި އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ބަޔަކާ ހަވާލުކޮށްފި

ދިވެހި އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
އާ އައިޑީކާޑު ފަރުމާކޮށްގެން އެއް ވަނައަށް ހޮވުނު ފަރާތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިއުލާނުކޮށްފިއެވެ.

އައިޑީކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ހަވާލުކޮށްފައި ވަނީ އައިޑީ ކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ލިބުނު “އެންކްރިއާ ޕްރައިވެޓް ލިމިޓެޑް” އާއިއެވެ. ޑީއެންއާރުން ވަނީ ޑިޒައިނަށް ބަދަލު ގެނައުމަށް “އެންކްރިއާ ޕްރައިވެޓް ލިމިޓެޑް” ހަވާލު ކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

ޑީއެންއާރް އިން 2022 ވަނަ އަހަރު ޖޫން މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނުގައި ވަނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއިއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށް ނިންމާފައި ކަމަށެވެ. އެހެންކަމުން މިކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން އެޑިޕާޓްމަންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލިއެވެ.

އައިޑީކާޑު ފަރުމާ ކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހު ގައި ކަމަށް އެ އިއުލާނު ގައި ބުނެފައި ވެއެވެ. ޑީއެންއާރުން ބުނީ އެ ޑިޕާޓްމެންޓުން އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކީ ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑެންޓިޓީ ކާޑެއް އުފެއްދުމަށް ޑީއެންއާރުން ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރުމަށް ހަވާލުކޮށްފައިވާ އެންކްރިއާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ގައުމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ވަރަށް ގިނަ މަސައްކަތްތަކެއްވެސް މި ކުންފުނިން ވަނީ ކޮށްފައެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1984 ތައާރަފް ކުރި ކާޑެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close