ކުއްލި ޚަބަރު މަހަށް ނިކުތް ދޯންޏެއްގައި އަލިފާން ރޯވެ އަޑިޔަށް ހިނގައްޖެ

މަހަށް ނިކުތް ދޯންޏެއްގައި އަލިފާން ރޯވެ އަޑިޔަށް ހިނގައްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލ.މާވަށުން މަހަށް ފުރައިން އުޅުން ދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:15 ހާއިރުކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު ސިފައިން އެސަރަހައްދަށް ދިޔަކަމަށާއި، އަދި އޭރު ދޯނި އަޑިއަށް ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެދޯނީގައި 4 މީހަކު ތިއްބެވެ. އެއީ ދިވެއްސަަކާއި 3 ބިދޭސީންނެވެ.

ލ. މަވަށު ނޫރު-2 ނަމަކަށް ކިޔާ މި ދޯނި ދަތުރުކޮށްފައިވަނީ އެ ރަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުންކަމަށް އެނެއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ. އަދި އުޅަނދުގައި ތިބި މީހުން ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ޓެގް

ކަނޑުމަތީގެ ހާދިސާ އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.