ޚަބަރު ކެނދިކުޅުދޫއަކީ މުސްތަގުބަލު އޮތް ރަށެއް: ރައީސް ސޯލިހު

ކެނދިކުޅުދޫއަކީ މުސްތަގުބަލު އޮތް ރަށެއް: ރައީސް ސޯލިހު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކެނދިކުޅުދޫއަކީ މުސްތަގުބަލު އޮތް ރަށެއް ކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހުނަ ނުދީ ކެނދިކުޅުދޫގައި ކުރިއަށް ދާންޖެހޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި އެ އަތޮޅު ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ބައެއް ސަބަބުތަކާ ހުރެ ބައެއް ޕްރޮޖެކްޓްތައް ކެނދިކުޅުދޫގައި މަޑުޖެހިފައި ހުއްޓަސް ކެނދިކުޅުދޫގެ ތަރައްޤީއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެއެވެ. ރައީސް ފާހަގަކުރެއްވީ ކެނދިކުޅުދޫގެ ނަރުދަމާއަކީ އެފަދަ މަސައްކަތެއް ކަމަށެވެ.

ހަމައެހެންމެ ނަރުދަމާ މަޝްރޫޢުއާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި ފެނާއި ނަރުދަމާގެ ހިދުމަތް އެ ރަށަށްވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކެނދިކުޅުދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށާއި ދާދި އަވަހަށް އެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކީގައި އެމީހަކު ދިރިއުޅޭ ރަށަކުން އެމީހަކަށް ލިބެން ޖެހޭނެކަމަށެވެ.

އަދި އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންފެށި މަސައްކަތް ބާރު ސްޕީޑްގައި މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޓެގް

ކެނދިކުޅުދޫ ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.