ޚަބަރު މާލޭގެ ގެއެއްގެ ފާޚާނާތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ފާޚާނާތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މާލޭގެ ގެއެއްގެ ފާޚާނާތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ މާފަންނު ގެއެއްގެ ފާހާނާ ތެރޭގަ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މާފަންނު ގެއެއްގެ ފާހާނާ ތެރޭގައި ހަބަރެއް ނުވެ އޮތް މީހެއްގެ މައުލޫމާތު މިއަދު ހެނދުނު 9:14 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

“މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،” ފުލުހުން ހިއްސާކުރި މެސެޖުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ކުއްލި މަރުތައް ދަނީ އިތުރުވަމުންނެވެ. ކަމާ ގުޅޭ އިދާރާތަކުން މިމައްސަލައިގައި ވާހަކައެއް ނުދައްކަ އެވެ.

ޓެގް

މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.